Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އެމްޑީޕީ އޮފީސްތެރެއަށް ޕެޕަރ ސްޕްރޭ ޖެހުމަށްފަހު މަހްލޫފު ހައްޔަރުކޮށްފި

އެމްޑީޕީ އޮފީސްތެރެެއަށް އެސްއޯ ފުލުހުން ވަދެ ޕެޕަރ ސްޕްރޭ ޖެހުމަށްފަހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީ އޮފީސް ކުރިމައްޗަށް ގޮސް އެއްވުން ރޫޅާލުމަށް ޕެޕަރ ސްޕްރޭ ޖެހުމުން ގިނަ ބަޔަކަށް އޭގެ އަސަރު ވަނީ ކޮށްފައެވެ.

މަހްލޫފުގެ އިތުރުން އިތުރު ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ދަނީ އެއްވުމުގައި ބައިވެރިވެފައިވާ ފަރާތްތައް އެތަން ދޫކޮށް ދިއުމަށް ގޮވާލަމުންނެވެ. އެގޮތުން އެސަރަހައްދު ދޫކޮށް ނުދާ ފަރާތްތަކާއި މެދު ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ ކުރާނެކަމަށް ބުނެ ދަނީ އިންޒާރު ދެމުންނެވެ.

ތަފްސީލް އަންނަނީ…