މިރޭ އިރު އަރަންދެން ވެސް މި ސަރުކާރު އޮވެދާނެކަމުގެ ޔަގީންކަމެއް ނެތްކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ބަޔާން ދެއްވުމަށްފަހު ނިކުންނަވައި މީޑިއާއަށް ދެއްވި އިންޓަވިއުގައި މުސްތަފާ ވިދާޅުވީ މިއަށް ވުރެ ގިނަ ޓެރަރިސްޓުން ތިބި ގައުމެއް ނެތްކަމަށެވެ.
ރައީސް ޔާމީން އާއި ދެކޮޅުވާ ކޮންމެ މީހަކު ޓެރަރިސްޓަކަށް ހަދަމުން އަންނަ އިރު ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް މި ރާއްޖޭގެ ކޯޓުތަކުން ހުކުމް ކޮށް ނުދެއްވާނެކަން ފެންނަމުން އަންނަ ކަމަށެވެ.
މުސްތަފާ ވިދާޅުވީ ޕީޖީ އާއި އޭޖީގެ ވަކީލުން ސަރުކާރުގެ ނިންމުންތަކާއި ދެކޮޅު ހައްދަވަމުން އަންނަ އިރު މިރޭ އިރު އަރަން ދެންވެސް ސަރުކާރު ދެމި އޮވެދާނެކަމުގެ ޔަގީންކަމެއް ނެތްކަމަށެވެ.