Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ކުއްލި ހާލަތުގެ ދަށުން ދެވަކީލެއްގެ ފޯނު ހިފަހައްޓައިފި

ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ދެ ވަކީލުން ކަމަށްވާ މޫސާ ސިރާޖާއި މަހުފޫޒު ސައީދުގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.

ސިރާޖާއި މަހްފޫޒުގެ ފޯނު އަތުލާފައިވަނީ ރޭ އެމްޑީޕީ ހަރުގެ ތެރެއަށް ބާރުގެ ބޭނުންކޮށްގެން ވަދެ، ހައްޔަރުކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ވަކީލުންގެ ގޮތުގައި ފުލުސް އިދާރާއަށް ވަޑައިގަތުމުންނެވެ.

ފޯނު އަތުލުމަށްފަހު ފޯނުގެ ޕާސްވޯޑް ހޯދަން ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ވަކީލުން ވަނީ ފޯނު އަތުލައި ޕާސްވޯޑު ދޭން ޖެހޭ ހައިސިއްޔަތެއް ފުލުހުންގެ ކިބައިގައި ނެތް ކަން ހަނދުމަކޮށްދީފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ބަހަނާއަކަށް ދައްކައި ވަކީލުންނަށް ކުރަމުންދާ ޖެއްސުމާއި ފުރައްސާރަ ހުއްޓާލުމަށް ގާނޫނީ ވަކީލުން ވަނީ ފުލުހުންނަށް އިލްތިމާސް ކޮށްފައެވެ.