Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ހިތަދޫގައި ގިނަ އަދަދެއްގަ ބަޔަކު ސަރުކާރާއި ދެކޮޅަށް އަޑު އުފުލަނީ

އައްޑޫ ސިޓީ ހިތަދޫގައި ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް އިހްތިޖާޖް ކުރަމުން އެބަގެންދެއެވެ.

ހިތަދޫ އެމްޑީޕީ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވެފައި ވާއިރު އެމީހުން ގޮވާލަމުން ދަނީ ރައީސް ޔާމީން ހައްޔަރު ކުރުމަށާއި ފުލުހުން ޤާނޫނަށް ތަބާވުމަށެވެ.

މި އިހްތިޖާޖުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވަމުން ދާއިރު، އެ ސަރަހައްދުގައި ތިބީ މުޅިން ވެސް ފިރިހެން ފުލުހުން ކަން ފާހަގަކޮށްލެވެއެވެ.

ހިތަދޫ އެމްޑީޕީ އޮފީސް ކުރިމައްޗަށް މީހުން އަދިވެސް ޖަމާވަމުން އަންނައިރު ލިންކް ރޯޑުގެ އެކި ހިސާބުތައް ފުލުހުން ނިކުމެ ވަނީ ބަންދުކޮށްފައެވެ.