Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޕީޕީއެމްގެ ހަރަކާތަށް ހިމާޔަތް، ސަރުކާރާއި ދެކޮޅަށް އަޑުއުފުލުން ހުއްޓުވަން މުގުރާއި ޕެޕާ ސްޕްރޭ!؟

އައްޑޫ ސިޓީ ހިތަދޫގައި "ޤައުމީ ހަރަކާތެއް"ގެ ނަމުގައި ޕީޕީޢެމްގެ ފަރާތުން ކުރިއަށްދާ ހަރަކާތަށް ފުލުހުން ހިމާޔަތް ދެމުން ގެންދާއިރު، ހަމަ އެރަށުގައި ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތައް ހުއްޓުވަން ރަޔަޓް ގިޔަރުގައި ފުލުހުން ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

ހިތަދޫ އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި ވާއިރު ފުލުހުން ދަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގަމުންނެވެ.

އަދި އެ ސަރަހައްދަށް އެއްވުމަކީ "ޤާނޫނީ ކުށެއް" ބައެއް ފުލުހުން ދަނީ އާއްމު ރައްޔިތުންނަށް އަންގަމުންނެވެ. އެހެން ނަމަވެސް ފުލުހުންނަށް އެމީހުން އެތަނުން ނުފޮނުވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ލިބިފައިވާ ޤާނޫނީ ހައްގެއް ކަމަށް ބުނެ އިހްތިޖާޖް ކުރާ ރައްޔިތުން ދަނީ އަޑު އުފުލަމުންނެވެ.

ޕީޕީއެމުން ބާއްވާ ހަރަކާތުގައި ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމާއި ބައެއް ވަޒީރުން ދަނީ ބައިވެރިވަމުންނެވެ.