Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އެސްއޯގެ ކުރީގެ ކޮމާންޑަރ ޑީޑީގެ ފޯނު ހިފަހައްޓައިފި

އެސްއޯ ފުލުހުންގެ ކުރީގެ ކޮމާންޑަރ ގއ. ގެމަނަފުށީ އިރުމަތީގޭ އަބްދުﷲ އިބްރާހިމް (ޑީޑީ) ގެ ފޯނު ހިފަހައްޓައިފިއެވެ.

ޑީޑީގެ ފޯނު ހިފަހައްޓާފައިވަނީ އޭނާގެ ރަށް ގަމަނަފުށީގައި ހުއްޓާ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ފުލުހުން ގެމަނަފުއްޓަށް ގޮސް ގެންނެވެ.

ޑީޑީ ވަނީ މިހާރު ފުލުހުންގެ ވަޒީފާއިން އެކަހެރިކޮށްފައެވެ. އޭނާގެ ފޯނު ފުލުހުން ހިފަހައްޓާފައިވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ.

ޑީޑީ އަކީ ރޭ ފުލުހުން ހައްޔަރު ކުރި ކުރީގެ އެސްއޯ ކޮމާންޑަރެއްކަމަށްވާ ސައިފް އާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ. ޑީޑީ މަގާމުން އެކަހެރިކޮށްފައިވަނީ ސުޕުރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު ހުކުމް ތަންފީޒު ކުރާނެކަމަށް އޭރުގެ ކަމިޝްނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެ، އެހުކުމް ތަންފީޒު ކުރުމަށް ނެގި އެސްއޯ ފުލުހުންގެ ކޮމާންޑަރ އަކަށް ހަމަޖެއްސި ފަހުންނެވެ.