Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އުތުރު ކޮރެއާއާއި ރާއްޖެއަށް އޮތީ އެއް ހައްލެއް: އިންޑިއާ، ކެނެޑާ

ރާއްޖެއާއި އުތުރު ކޮރެއާގައި ހިނގަމުންދާ ކަންތައްތައް ހައްލުކުރަން އޮތީ އެއްގޮތެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ޓްރޫޑޯ އާއި މޯދީ މިހެން ވިދާޅުވެފައި ވަނީ ޓްރޫޑޯ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ދެ ބޮޑުވަޒީރުން ދެއްވި ޖޮއިންޓް ޕްރެސްކޮންފަރެންސްގައި ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެ ދެބޭފުޅުން ވިދާޅުވީ ރާއްޖެއާއި އަފްގާނިސްތާނާއި އުތުރު ކޮރެއާފަދަ ޤައުމުތަކަށް ބޭނުންވަނީ ހަމަނުޖެހުންބޮޑު އެހެން ޤައުމުތަކަށްވެސް ބޭނުންވާފަދަ ހައްލެއްކަމަށެވެ.

ނަމަވެސް އެ ހައްލަކީ ކޮބައިކަމެއް ދެ ބޭފުޅުންވެސް ވިދާޅެއް ނުވެއެވެ.

ރާއްޖޭގައި ހިނގަމުންދަނީ ޑިމޮކްރަސީއާއި ހިލާފު ކަންތައްތަކެއް ކަމަށް މޯދީ ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މޯދީ ވިދާޅުވި އެވެ.

ޓްރޫޑޯ އާއި މޯދީ ވަނީ ރާއްޖޭގެ މުއައްސަސާތައް ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއަށް ވައްދާ ރާއްޖެ ޑިމޮކްރެޓިކް ވެއްޓަކަށް ބަދަލުވުމަށް ގޮވާލައްވާފައެވެ.