ފުލުހުންގެ މިހާރުގެ ކަމިޝްނާ އަކީ ރައީސް އަބްދުﷲ ޔާމީންކަމަށް އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސްގެ މަގާމުން ވަކިކޮށްފައިވާ އަހުމަދު ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރުގ އެކްޓިން ސީޕީ އަބްދުﷲ ނަވާޒު ފުލުހުންގެ އިދާރީ ހުރިހާ ކަމެއް ސީދާ ރިޕޯޓް ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށާއި ފުލުހުން ހިންގާ ހުރިހާ ތަހުގީގެއް ތަފްސީލް ރިޕޯޓްތައް އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ސީދާ ދެއްވަނީ ރައީސް ޔާމީނަށް ކަމަށެވެ.
What a pity! DCP Abdulla Nawaz reports to the President on all administrative issues; ACP Ahmed Mohamed reports directly to President regarding investigations; & ACP Hamdhoon Rasheed reports to the President on police operational duties. So, the President is the REAL CP now.?
— A. Fairoosh (@Fairoosh) February 23, 2018
މީގެ އިތުރުން ފުލުހުންގެ އޮޕަރޭޝަން ޑިއުޓީ ތަކުގެ ތަފްސީލް އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް ހަމްދޫނު ރަޝީދު ސީދާ ދެއްވަނީ ރައީސް ޔާމީނަށް ކަމަށެވެ. އެހެންވެ މިހާރު ފުލުހުންގެ އަސްލު ކަމިޝްނާ އޮފް ޕޮލިސް އަކީ ރައީސް ޔާމީން ކަމަށެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ފުލުހުންގެ އެންމެ އިސްވެރިޔަކީ ކަމިޝްނާ އޮފް ޕޮލިސްއެވެ. އަދި ފުލުހުންގެ މުވައްސަސާ ހިންގަނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.
ފައިރޫޝް މިފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ކޯޓު އަމުރު ތަންފީޒު ކުރަން އުޅުއްވި ދެ ސީޕީން ވަނީ 48 ގަޑިއިރު ނުވަނީސް މަގާމުން ވަކިކޮށްފައެވެ.