Last Updated: June 16, 18:00
Tuesday, June 16, 2026
ޚަބަރު

ކައުންސިލްގެ ވެބް ސައިޓް އާންމުންނާ ހަމައަށް

ހެދުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ނަގާގައިވާ އައްޑޫ ސިޓީ ކައުންސިލްގެ ވެބްސައިޓް ލޯންޗްކޮށްފި އެވެ.

ކައުންސިލުން ބުނީ އަލަށް ލޯންޗް ކުރި ވެބްސައިޓުން ކައުންސިލުން ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތުތައް ލިބެން ހުންނާނެ ކަމަށާއި މި ވެބްސައިޓަކީ ތައްޔާރުކުރަން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާ ވެބްސައިޓެއް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ވެބް ސައިޓްގައި ކައުންސިލުން ނިންމާ ނިންމުންތަކާއި އިއުލާންތަކާއި ހަބަރުތަކާއި ކައުންސިލް އިދާރާގެ އެކިއެކި ޑިޕާޓްމަންޓުން ލިބޭ ހިދުމަތްތަކާ ބެހޭ މައުލޫމާތާއި ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ވެސް ވެބްސައިޓް މެދުވެރިކޮށް ދެން ލިބޭނެ ކަމަށެވެ.

ކައުންސިލްގެ ވެބް ސައިޓް އެޑްރެހަކީ http://www.adducity.gov.mv/secretariat/ އެވެ.