އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މާލޭގައި ބޭއްވި މުޒާހަރާތެރެއިން ހައްޔަރު ކުރި މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު އާއިތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ދޫކޮށްލައިފިއެވެ.
އަބްޅޯ އާއި އަމީތު ހައްޔަރުކޮށްފައިވަނީ ހަވީރު މަޖީދީ މަގުންނެވެ.
މީގެ އިތުރުންވެސް އިދިކޮޅު ހަރަކާތްތަކުގައި އިސް ކޮށް ހަރަކާތްތެރިވަމުން އަންނަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އާއި ގާތްގުޅުމެއް އޮންނަ ސްޓެޕް އައްޔަ އާއި ދެންވެސް މުޒާހަރާ ތެރެއިން ހައްޔަރު ކުރި އެންމެން މިރޭ ވަނީ ދޫކޮށްލާފައެވެ.
ސުޕުރީމް ކޯޓުން 9 މީހަކު ދޫކޮށްލުމަށާއި 12 މަޖްލިސް މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި ކުރިއަށް ގެންދާ މުޒާހަރާ މިރޭވެސް ވަނީ ފެށިފައެވެ.