Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ހައްޔަރުކޮށްފި

ހޯމް މިނިސްޓްރީގެ ތަރުޖަމާން ތަމްޒީލް އަބްދުއް ސަމަދު، ފޮޓޯ: ސަން

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ތަޒްމީލް އަބްދުއްސަމަދު ހައްޔަރުކޮށްފިއެވެ.

ތަމްޒީލް ހައްޔަރުކޮށްފައިވަނީ ރޭ 11 ޖަހާކަށް ހާއިރުއެވެ. ނަމަވެސް އޭނާ ހައްޔަރު ކުރި ސަބަބެއް އަދި ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ދަނީ ހައްޔަރު ކުރަމުންނެވެ. ކުއްލި ހާލަތު އިއްލާން ކޮށްފައި ވުމުން ހައްޔަރު ކުރާ މީހުން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ބޭނުމެއް ނުވެއެވެ. އެހެންވެ އެގޮތަށް ހައްޔަރު ކުރާ މީހުންގެ މާ ބޮޑު މައުލޫމާތެއް ފުލުހުން ހާމަ ނުކުރެއެވެ.

ތަމްޒީލް ހައްޔަރު ކުރި އިރު އެސްއޯ ފުލުހުންގެ ކުރީގެ ހެޑް ސައިފްވަނީ ހައްޔަރުކޮށްފައެވެ. އަދި މީގެ އިތުރުންވެސް ސިފައިންގެ ބައެއް އެސްޕީޖީ އޮފިސަރުން ވަނީ ހައްޔަރުކޮށްފައެވެ.