Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އައްޑޫން ހައްޔަރު ކުރި 2 މީހުން ކޯޓުން ދޫކޮށްލައިފި

އައްޑޫން ހައްޔަރު ކުރި 2 މީހުން ދޫކޮށްލުމުން އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ މީހުންނާއި އެމީހުންގެ ވަކީލާއި އެކު ހިތަދޫ ކޯޓް ސަރަހައްދުގައި. ފޮޓޯ: އައްޑޫލައިވް

ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ މޮޓޯކޭޑަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އައްޑޫން އިއްޔެ ހައްޔަރު ކުރި 2 މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ދޫކޮށްލައިފިއެވެ.

ސ.މަރަދޫ ފިތުރޯނުގޭ މުހައްމަދު ވަޖުދީ އާއި ހަމަ އެރަށު ދޭލިގޭ އާސިމް ވަޖްދީ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހިތަދޫގައި ބޭއްވި މުޒާހަރާގައި ބައިވެރިވުމަށް ފަހު އެނބުރި މަރަދޫއަށް ދިޔަ މަގުމަތީގައެވެ.

އެމީހުންގެ މައްޗަށް ކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތެވެ.