ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ބޮޑީގާޑް އާއި އިތުރު އެސްޕީޖީ އޮފިސަރަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަމީރުގެ ބޮޑީގާޑް އަހުމަދު ޝާނީޒުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގައިޑަކަށް މަސައްކަތް ކުރެއްވި ސިމާދު އަހުމަދެވެ.
އެ ދެ ބޮޑީގާޑުން ހައްޔަރު ކުރީ ފުލުހުން ކަމެއް ސިފައިން ކަމެއް އަދި ނޭނގެއެވެ. މި ޚަބަރާ ގުޅޭގޮތުން އެ ދެ މުއައްސަސާގެ ބަހެއް އަދި ނުލިބެއެވެ.
ފުލުހުން ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އެސްއޯ ފުލުހުންގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރުކޮށްފައެވެ. އަދި އެސްއޯ ކޮމާންޑަރެއްކަމަށްވާ އަބްދުﷲ އިބްރާހިމް (އެސްއޯ ޑީޑީ)ގެ ފޯނު ހިފަހައްޓާފައެވެ. ޑީޑީގެ ފޯނު ހިފަހައްޓާފައިވަނީ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ.