Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ލައިވް: ފުލުހުން ހުރަސްއެޅި ނަމަވެސް އައްޑޫ އެއްވުން ކުރިއަށް

24 ފެބްރުއަރީ 2018. އިދިކޮޅު ފަރާތްތަކުން އައްޑޫގައި ބާއްވާ "ނިމުމެއް ނެތް އެއްވުން" ފެށިގެން ކުރިއަށް ދަނީ. އައްޑޫލައިވް ފޮޓޯ: އައިޝާތު ނާޖީ

އައްޑޫ ސިޓީ ހިތަދޫގައި އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ބާއްވާ "ނިމުމެއް ނެތް އެއްވުން" ފެށުމާއި އެކު އެމްޑީޕީ އޮފީސް ހުންނަ ސަރަހައްދުގައި ފުލުހުން ނިކުމެ ބެރިކޭޑް ޖަހައި ހުރަސް އެޅުމާއި އެކު ވެސް އެ މުޒާހަރާ ކުރިއަށް އެބަގެންދެއެވެ.

ބެރިކޭޑް ޖަހައި ފުލުހުން ލިންކް ރޯޑް ބަންދުކުރި ނަމަވެސް އެ ސަރަހައްދުގެ އެހެން ގޯޅިތަކުން މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ހިތަދޫ ބޮޑުމަގާއި ދިމާލަށް ގޮސް މިސްރާބު ޖަހާފައެވެ. އެހިސާބުން ފުލުހުން ނިކުމެ މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކުރުމުން މިހާރު މުޒާހަރާގެ ބައިވެރިން ވަނީ އަނެއްކާ ވެސް ހިތަދޫ އެމްޑީޕީ ހަރުގެ ކައިރިއަށް އެއްވާން ފަށާފައެވެ.