Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ ޔަސްރިފް ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ މުހައްމަދު ޔަސްރިފް ހައްޔަރުކޮށްފިއެވެ.

ޔަސްރިފް ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރު ހިތަދޫގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔަސްރިފް މިވަގުތު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހިތަދޫ ޕޮލިސް ސްޓޭޝަންގައެވެ.