Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މުޒާހަރާގެ އިސްކޮށް ތިބި މީހުން ހައްޔަރުކުރީ ޕީޕީއެމް އިވެންޓްގެ ނާކާމިޔާބީގެ ހިތި ފިލުވަން: ސޯބެ

އައްޑޫގައި މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ އިސް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ޕީޕީއެމުން އައްޑޫގައި ބޭއްވި އިވެންޓްގެ ނާކާމިޔާބީގެ ހިތި ފުލުވަން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤް ވިދާޅުވެއްޖެއެވެ.

ހިތަދޫ އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ މީހުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ސޯބެ ވަނީ އެއްވުމުގައި އިސްކޮށް ތިބި މީހުން ހައްޔަރު ކުރި ނަމަވެސް ހިތްވަރު ގަދަ ކުރުމަށް އެދިވަޑައިގެންފައެވެ.

ސޯބެ ވިދާޅުވި ގޮތުގައި މިއަދު ފުލުހުން ނިކުމެ އެއްވުމުގެ ބައިވެރިން ހައްޔަރުކުރީ އެއްގޮތަކަށް ވެސް އެކަން ކުރަން ބޭނުންވެގެން ނޫން ކަމަށެވެ.