Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އައްޑޫ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ނިޒާރު ގޮވާލައްވައިފި

އައްޑޫ ސިޓީ ހިތަދޫގައި މިއަދު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ގޮވާލައްވައިފިއެވެ.

ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަކީ އަސާސީ ހައްގެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ހިތަދޫގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ ޔަސްރިފް، އެމްޑީޕީ ހިތަދޫ މެދު ދާއިރާގެ ނައިބު ރައީސް މޫސަ، އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބް ރައީސް އިބުރޭ އަދި އައްޑޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ނަސީރެވެ.