Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އައްޑޫ މުޒާހަރާއިން ހައްޔަރުކުރި ލާހިބް ދޫކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ބޭއްވި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ގެންދިޔަ ސ.މަރަދޫ ޒުވާނެއް ކަމުގައިވާ އަބްދުﷲ ލާހިބް ދޫކޮށްލައިފިއެވެ.

ލާހިބް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު ހަވީރު ހިތަދޫ ބޮޑު މަގުންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ޤާނޫނުލް އުޤޫބާތުގެ 40 ވަނަ މާއްދާގެ (ނ)ގެ 2 ވަނަ ނަންބަރުގެ ދަށުންނެވެ.

ލާހިބްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ކުރިން ހުއްދަ ހޯދުމެއް ނެތި މުޒާހަރާ ކުރުމުގެ ތުހުމަތެވެ.

ލާހިބް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލާފައި ވާއިރު މިއަދަކީ އޭނާގެ އުފަންދުވަހެވެ.