Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މުޒާހަރާއިން ހައްޔަރުކުރި މާއިޝް ވެސް ދޫކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ގެންދިޔަ ސ.ފޭދޫ ޒުވާނެއް ކަމުގައިވާ މާއިޝް މުހައްމަދު މީގެ ކުޑައިރުކޮޅެއް ކުރިން ދޫކޮށްލައިފިއެވެ.

ކުރިން ހުއްދަ ހޯދުމަކާއި ނުލައި މަގުމަތީގައި މުޒާހަރާ ކުރި ކަމަށް ބުނެ މާއިޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު ހަވީރު ހިތަދޫ ބޮޑުމަގުންނެވެ.

މާއިޝްގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 2 މީހަކު ވެސް ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ދޫކޮށްލާފައެވެ. އެއީ ހިތަދޫ މެދުދާއިރާގެ އެމްޑީޕީ ގޮފީގެ ރައީސް މޫސާ މުހައްމަދާއި މަރަދޫ ޒުވާނެއް ކަމުގައިވާ ލާހިބެވެ.