Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ފުލުހުންގެ ވެހިކަލެއްގެ ތެރޭގައި މީހަކަށް އަނިޔާ ކުރި މައްސަލައެއް ބަލަނީ

23 ފެބްރުއަރީ 2017ގައި އިދިކޮޅު ފަރާތްތަކުން ހިތަދޫގައި ބޭއްވި އެއްވުން. މިއެއްވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައި . އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

ފުލުހުންގެ ވެހިކަލެއްގެ ތެރޭގައި ހައްޔަރު ކުރި މީހަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހްގީގު ކުރަންފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ އިދާރާގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްސް އިން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ވެހިކަލެއްގެ ތެރެއިން އަނިޔާކޮށްފައިވަނީ މައުމޫންއަށް ތާއިދު ކުރާ ހުސެއިން ޝިފާއު ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ މާވެޔޮމަގުން ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވާފައިވަނިކޮށް އާދައިގެ ހެދުމުގައި ތިބި ދެމީހަކު ވެހިކަލަށް އަރައި ވަނީ އަނިޔާކޮށްފައެވެ.

އެމަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފުލުހުންގެ ވެހިކަލެއްގެ ތެރޭގައި މީހަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުންދާ އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ފުލުހުން ދަނީ އާދަޔާ ހިލާފު ބާރުގެ ބޭނުން ކުރަމުންނެވެ.