އެލައިޑް އިންޝޫރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލްގެ އަހަރީ ދުވަަހާއި ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެލައިޑުން ބުނީ އަޔާދީ ތަކަފުލްގެ ހަތަރުވަނަ އަހަރީ ދުވަހާއި ގުޅިގެން ފަށާފައިވާ ޕްރޮމޯޝަނުން ތަކާފުލްގެ ޕްލޭނެއް ނެގުމުން، ބައިލައްކަ ރުފިޔާގެ ހޯމް ކޮންޓެންޓް ތަކާފުލް ވައުޗަރެއް ލިބޭނެ އެވެ.
އަޔާދީ ތަކާފުލް އިން ބުނީ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް ނޫން އެހެން އިންޝުއަރެންސް ޕްލޭނެއް ނަގާ ކޮންމެ މީހަކަށް "ހޯމް ކޮންޓެންޓް ވައުޗަރެއް" ލިބޭނެ ކަމަށެވެ.
އެލައިޑް ހޯމްކޮންޓެންޓް ތަކާފުލް އަކީ، ގޭގައި ހުންނަ އަގުބޮޑެތި ފަރުނީޗަރު އަދި މުދާ ފަދަ ތަކެއްޗަށް ލިބިދާނެ ގެއްލުމަަކަށް ބަދަލެއް ހޯދައިދިނުމުގެ ގޮތުން އެލައިޑުން ތައާރަފްކޮށްފައިވާ އިންޝުއަރެންސް ޕޮލިސީއެކެވެ. އެ ޕޮލިސީގެ ދަށުން 50،000 ރުފިޔާއިން ފެށިގެން ފަސްލައްކަ ރުފިޔާއާ ދެމެދުގެ މުދަލަށް ކަވަރޭޖް ލިބިގެންދާނެ ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން އަލަށް ތައާރަފްކޮށްފައިވާ ވައުޗަރ މެދުވެރިކޮށް އޮންލައިންކޮށް ޕެކޭޖްތައް އެކްޓިވޭޓު ކުރެވޭނެއެެވެ.