Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ސްރީލަންކަންގެ ޓިކެޓް އޮފީހެއް ހުޅުމީދޫގައި ހުޅުވައިފި

ސްރީލަންކަންގެ ޓިކެޓް ވިއްކާ އޮފީހެއް ހުޅުމީދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ.

ހުުޅުދޫ މަލާޒު ގޭގައި ހުޅުވި ސްރީލަންކަން އޮފީހުން މިހާރު ފަސޭހަ ކަމާއި އެކު ހުޅުމީދޫ ރައްޔިތުންނަށް ޓިކެޓް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިގެން ގޮސްފައެވެ.

ސްރީލަންކަންއިން ބުނީ އެއާލައިންއިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް ދިއުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް އެ އޮފީސް މެދުވެރިކޮށް ހަމަޖެހިގެންދާނެއެވެ.

އެގޮތުން އެއޮފީހުގެ ފޯނު ނަންބަރ 6894001 އަދި ވައިބަރ ނަންބަރ 7788810 ނަންބަރަށް ގުޅައި ރިޒަވޭޝަން ހެދުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

2016 ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު ރަސްމީކޮށް ގަމަށް ދަތުރުފެށި ސްރީލަންކައިންއިން ހާއްސަ ޕްރޮމޯޝަން ބާއްވަމުން އަންނަ އިރު މި ހިދްމަތަކީ އައްޑޫގެ ގިނަ ރައްޔިތުން ބަަލައިގެންފައިވާ ހިދުމަތެކެވެ.