Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޤާސިމް ކަންތައް ކުރައްވަނީ ޝައިތާނާގެ ވަސްވާހަށް ތަބާވެ ހުރެ: ސިއްދީޤް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަންތައް ކުރައްވަނީ ޝައިތާނާގެ ވަސްވާހަށް ތަބާވެ ހުރެ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސިއްދީގް ވިދާޅުވެފައި ވަނީ، "ޤާސިމް އޭނާގެ އަމިއްލަ ސިކުނޑިން މަސައްކަތެއް ނުކުރާ" ކަމަށެވެ.

މީގެ އިތުރުން ސިއްދީގް ވިދާޅުވެފައި ވަނީ ގާސިމްގެ ހިތްޕުޅަށް ވެރިކަމަކީ ﷲ ދެއްވާ އެއްޗެެއްކަން ނުވަންނާނެ ކަމަށް ޤަބޫލުކުރެއްވޭ ކަމަށެވެ.

ސަރުކާރުގެ އިސްވެރިން ފަހަކަށް އައިސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައެވެ.