ހުޅުމާލޭ ފްލެޓެއްގެ ތިން ވަނަ ފަންގިފިލާގެ ވައި ގޮޅިން ވެއްޓުނު ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ބިދޭސީ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލެއް ނުދެއްވައެވެ.
މިއަދު ހެނދުނު 11:40 ހާއިރު ހިނގި ހާދިސާގައި ބިދޭސީ މީހާ ވެއްޓިފައިވަނީ ހުޅުމާލޭ ފަސް ނަންބަރު ފްލެޓްގެ ތިން ވަނަ ބުރީގެ އެޕާޓްމަންޓެއްގެ ވައިގޮޅިންނެވެ.