Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ރާއްޖެއާއި މެދު މާދަމާ އީޔޫއިން ގޮތެއް ނިންމަނީ

ރާއްޖެ އާއި މެދު ގޮތެއް ކަނޑައެޅުމަށް މާދަމާ ބާއްވާ ވިލާތުގެ އިއްތިހާދު ކައުންސިލް ބައްދަލުވުމުގައި އެޖެންޑާކޮށްފިއެވެ.

މާދަމާގެ ކައުންސިލް ބައްދަލުވުމުގައި ރާއްޖޭގެ މައްސަލަ ތާވަލް ކޮށްފައިވަނީ ކައުންސިލްގައި ބަހުސް ކުރުމަކާއި ނުލައެވެ. ރާއްޖޭގެ މައްސަލަ އޮތީ ތާވަލްގެ ހަތަރު ވަނައަށެވެ.

މާދަމާ މެންދުރު ރާއްޖެ ގަޑިން 1 ޖަހާއިރު ބާއްވާ ކައުންސިލްގައި ރާއްޖޭގެ އިތުރުން ކެމްބޯޑިއާ އަދި މިޔަންމާ ފަދަ ގައުމު ތަކުގެ މައްސަލަ ވަނީ ތާވަލްކޮށްފައެވެ. ނަމަވެސް އެއީ ކޮން ކޮން މައްސަލަތަކެއްކަން ބުނެފައި ނުވެއެވެ.

އީޔޫއިން ރާއްޖޭގެ މައްސަލަ ތާވަލް ކޮށްފައި މިވަނީ ކުއްލި ހާލަތު އުވާލުމަށް ގޮވާލި ގޮވާލުމަށް ސަރުކާރުން އިޖާބަ ނުދީ ވަނިކޮށެވެ.

އީޔޫއިން ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުވެސް ރާއްޖެ އާއި ގުޅޭ ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރުގައި ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ތާއީދު ކުރާ ވިޔަފާރިވެރިންނާއި މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އެ މީހުންގެ މުދާތަކާއި ފައިސާ ހިފަހައްޓަން ގޮވާލާފައިވެއެވެ.

އަދި އިންސާނީ ހައްގު ތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްކަން ވަނީ ފާހަގަކޮށްފައެވެ.