Last Updated: July 26, 18:11
Sunday, July 26, 2026
ސިޔާސީ

ސިމް ކާޑްތައް ބޭނުން ކުރާނެ އުސޫލެއް ކަނޑައަޅަނީ!

ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ނުކުރާ މޮބައިލް ފޯނުގެ ސިމް ކާޑު ބޭނުންކޮށްގެން، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޢަމަލުތައް ހިންގަމުން ގެންދާތީ، ރާއްޖޭގައި ޤާއިމް ކުރެވިފައިވާ މުވާޞަލާތީ ކުންފުނިތަކުން ދޫކުރަމުންދާ ސިމް ކާޑުތައް ބޭނުން ކުރުމުގައި ޢަމަލު ކުރާނެ ހަރުދަނާ އުޞޫލެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

މިކަން މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާ އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
މި އުޞޫލުގެ ދަށުން އެފަދަ ސިމް ކާޑުތައް ރަޖިސްޓްރީ ކުރެވޭނެ ހަރުދަނާ ގޮތްތަކެއް ހަމަޖެއްސެވުމަށް ވެސް މިއަދު ނިންމެވި އެވެ.