އިލެކްޝަން ކަމިޝަނުގެ ރައީސް ކަމުން އިސްތިއުފާ ދެއްވި އަހުމަދު ސުލައިމާން ނެޝަނަލް އިންޓަގްރެޓީ ކޮމިޝަން (އެންއައިސީ)އަށް ކުރިމަތި ލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައިސް ޔާމީން ފޮނުއްވެވި ސިޓީއެއްގައި ވަނީ ސުލައިމާން އައްޔަން ކުރެއްވުމާއި ގުޅޭ ގޮތުން މެމްބަރުން މަޝްވަރާ ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މަޖްލިސްގެ ރިޔާސަތުން ވަނީ އެކަމާއި މެދު ދިރާސާ ކުރެއްވުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުއްވާފައެވެ.
ސުލައިމާން އިލެކްޝަން ކަމިޝަނުން އިސްތިއުފާ ދެއްވާފައިވަނީ މަޖްލިސްގެ 12 މެމްބަރެއްގެ ގޮޑި ގެއްލުނުކަމަށް ނިންމުމާއި ގުޅިގެން ފާޑު ކިއުން އަމާޒުވެފައި ވަނިކޮށް މިއަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވި ސަބަބެެއް އަދި މިހާތަނަށް ސުލައިމާން ހާމަ ކުރައްވާފައި ނުވެއެވެ.
ނަމަވެސް އެންއައިސީގެ ރައިސް ޔޫސުފް މާނިއު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަގާމުން ވަކި ކުރުމާއި ގުޅިގެން އެކޮމިޝަނަށް ސުލައިމާން ދާން އުޅޭކަމަށް އަޑު ފެތުރުނެވެ.