Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ދިވެހި ކުއްޖަކު ސިނގިރޭޓާއި އެކު ލަންކާއިން ހައްޔަރުކޮށްފި

ގަވާއިދާއި ހިލާފަށް ލަންކާއަށް ސިނގިރޭޓް އެތެރެކުރި ދިވެހި ކުއްޖަކު އެގައުމުން ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 18 އަހަރު ނުފުރޭ އެކުއްޖާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާ ދޫކޮށްލާނީ ކޯޓަށް ގެންގޮސް ޖުރިމަނާ ކުރުމަށްފަހުއެވެ.

ގިނަ އަދަދަކަށް ދިވެހިން ދަތުރު ކުރާ ލަންކާއަށް ސިނގިރޭޓް އެތެރެ ކުރެވޭނީ ގިނަވެގެން ތިން ކާޓޫނު ސިނގިރޭޓެވެ. އޭގެ ގިނައިން އެތެރެކުރުމަކީ އެގައުމުގައި މަނާކަމެކެވެ.