Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ވައި ގޮޅިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ

ހުޅުމާލޭގެ ފްލެޓެއްގެ ވައި ގޮޅިން ވެއްޓި ފަރުވާ ދެމުން ދިޔަ ބިދޭސީ މީހާ މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އޭޑީކޭއަށް ގެން ގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އިއްޔެ ހެނދުނު 11:40 ހާއިރު ހިނގި ހާދިސާގައި ބިދޭސީ މީހާ ވެއްޓިފައިވަނީ ހުޅުމާލޭ ފަސް ނަންބަރު ފްލެޓްގެ ތިން ވަނަ ބުރީގެ އެޕާޓްމަންޓެއްގެ ވައިގޮޅިންނެވެ. އޭނާ ވެއްޓުނީ ކޮން މަސައްކަތެއް ކުރަމުން ދަނިކޮށް ކަމެއް ނޭގެއެވެ.

އެހާދިސާގައި އޭނާގެ ކަނދުރާގެ އިތުރުން، މޭ ކަށިގަނޑާއި އަތުގައި ވަނީ ރެނދުލާފައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ހޭނެތިފައެވެ. ހުޅުމާލެ ހޮސްޕިޓަލުން އޭނާ އޭޑީކޭއަށް ގެންދިޔަ އިރުވެސް އޮތީ ކޯމާއެއްގައެވެ.