ރޮލެކްސް ގަޑިއެއް އަތްޕުޅުގައި އެބައޮތް ކަމަށާއި، ގަޑި ހޯއްދެވި ގޮތް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އަށް ކިޔައިދޭން ތައްޔާރަށް ހުންނެވިކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާނު މިފަދައިން ވިދާޅުވެފައި މިވަނީ އެމަނިކުފާން ޓެގް ކުރައްވައި ވީޓީވީގެ ޕްރެސެންޓަރ އަހުމަދު ހަމީދު އާދަމް ކުރެއްވި ޓްވީޓެއްގެ ޖަވާބުގައެވެ.
Rolex Gadi Eba oiy, BMW Car eh nugengulhen. Hoadhi Goiy @ACCMaldives ah kiyaidheynan. Massala Hushalhaafa Angaalaa. Varah Salaam https://t.co/fJ6wvRWOuQ
— Ahmed Nihan (@ahmed_nihan) February 26, 2018
ނިހާން ޓެގް ކުރައްވައި އަހުމަދު ހަމީދު ވިދާޅުވެފައިވަނީ ރޮލެކްސް ގަޑި އާއި ބީއެމްޑަބްލިއު ކާރު ހޯއްދެވީ ކިހިނެތްތޯ އެވެ.
ޖަވާބުގައި ނިހާނު ވިދާޅުވީ ރޮލެކްސް ގަޑި އެބައޮތް ކަމަށާއި، ބީއެމްޑަބްލިއު ކާރެއް ނުގެންގުޅޭ ކަމަށެވެ. އަދި ގަޑި ހޯއްދެވި ގޮތް ކިޔައިދޭނެކަމަށާއި އާއި އެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވުމަށްފަހު އަންގާލަ ދެއްވުމަށެވެ.