ފުލުހުންގެ ސްވޮޓް ޓީމުގެ ކުރީގެ ކޮމާންޑާރ، ހުސެއިން ސައިފް ފުލުހުންގެ މުއައްސަސާގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފިއެވެ.
ސައިފް މަގާމުން ދުރުކޮށްފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދިރިއުޅުއްވަމުން ގެންދިޔަ ގެއަށް ފުލުހުންގެ ޓީމެއް ވަދެ ފާސްކުރުމަށްފަހު އޭނާ ހައްޔަރުކޮށްފައިވަނިކޮށެވެ.
ސައިފް މަގާމުން ވަކިކޮށްފައިވަނީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެ، ފުލުހުންގެ ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިކަމުގެ މައްސަލާގައެވެ.
ފުލުހުންގެ ވަޒީފާ އަދާކުރަމުންދާ ގިނަ އަދަދެއްގެ އޮފިސަރުން ހައްޔަރުކުރަމުންދާ މިދަނޑިވަޅުގައި މިއަދުވެސް އއ. ރަސްދޫ އިން ވަނީ ހަތަރު ފުލުހަކު ހައްޔަރުކޮށްފައެވެ.