ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި މާދަމާއަށް ތާވަލް ކުރި ދުސްތޫރީ މައްސަލަ ކެންސަލް ކޮށްފިއެވެ.
ބަންޑާރަ ނައިބް އޮފީހުން ސުޕުރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާ ކެންސަލް ކޮށްފައިވަނީ އެޓާނީ ޖެނެރަލް އޮފީހުން އެދުމާއި ގުޅިގެންނެވެ.
ސުޕުރީމް ކޯޓުން މިމަހު 1 ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ކަނޑައަޅާފައެވެ.
ނަމަވެސް ބަންޑާރަ ނައިބް އޮފީހުން އެއަމުރު ތަންފީޒު ނުކޮށް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން ސުޕުރީމް ކޯޓުގެ ތިނބް ފަނޑިޔާރުން ވަނީ ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ.
އެ އަމުރާއި ގުޅިގެން މަޖްލިސްގެ 12 މެމްބަރުންނަށް ދައުރުން ބޭރުގައި ބޭއްވި މަޖްލިސް ޖަލްސާއަށް ވަދެވަޑައިގަނެވޭނެ ގޮތެއް ނުވިއެވެ. މެމްބަރުން އަދިވެސް ދަނީ އެކަމަށް އަދުލުވެރި ނިންމުމެއް ނިންމައި ދިނުމަށް އެދެމުންނެވެ.