Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އަމީތު އާއި އަބުޅޯ ހައްޔަރުކޮށްފި

އިދިކޮޅު މުޒާހަރާތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ހައްޔަރު ކުރަނީ، ފުލުހުން ރޭ ވަނީ އެންއައިސީ އޮފިޝަލުން މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައި، ފޮޓޯ: އަވަސް

ސުޕުރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ސިލްސިލާ ކޮށް ކުރަމުންދާ މުޒާހަރާގެ ތެރެއިން މިރޭ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހައްޔަރުކޮށްފިއެވެ.

އަމީތު ހައްޔަރު ކޮށްފައިވަނީ ކުނޫޒު ކައިރިންނެވެ. އަބުޅޯ ހައްޔަރު ކުރީ ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަން ހުންނަވަނިކޮށެވެ. މީގެ އިތުރުންވެސް ޖުމްހުރީ ޕާޓީގެ އެކްޓިވިސްޓް ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދު އާއި އަދާލަތު ޕާޓީގެ އެކްޓިވިސްޓަކު ވަނީ ހައްޔަރުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުން އަންނަ އިރު ފުލުހުން ވަނީ ރޭގަނޑު 10:30ގެ ފަހުން އެއްވެ މުޒާހަރާ ކުރިޔަ ނުދޭނެކަމަށް ބުނެފައެވެ.