Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވުން ބުރާސްފަތި ދުވަހު

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް ރަސްމީކޮށް ބުރާސްފަތި ދުވަހު ހުޅުވުމަށް ނިންމައިފިއެވެ.

ޖުމުލަ 110 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރު ޑޮކްޓަރުން ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

އާސަންދައިގެ ޚިދުމަތް މިހޮސްޕިޓަލުންވެސް ލިބޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް ފުރަތަމަ އާސަންދައިގެ ޚިދުމަތް ދެވޭނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ ބަލިމީހުންނަށް އެކަނި ކަމަށާއި ފަހުން އާސަންދައިގެ ޚިދުމަތް އަދި ފުޅާ ކުރެވޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

މާޗު އެއްވަނަ ދުވަހު ހޮސްޕިޓަލް ހުޅުވި ނަމަވެސް ހުރިހާ ޚިދުމަތްތަކެއް ލިބޭނީ ޖޫން މަހުން ފެށިގެންނެވެ. މި ހޮސްޕިޓަލުގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ އަހަރަކު ދިވެހިންގެ އެތައް ބަޔަކު ބޭސްފަރުވާގެ ބޭނުމަށް ގައުމުން ބޭރަށް ދަތުރުކުރަން ޖެހޭތީ، އެކަން ހައްލުކޮށް، ރާއްޖެއިން އެފަދަ ބޭސްފަރުވާ ފޯރުކޮށްދިނުން ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.