Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ސަލާމަތީ ޚިދުމަތުން 50 މީހަކު ހައްޔަރުކޮށްފި: ނަޝީދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް ސަލާމަތީ ޚިދުމަތުގައި މަސައްކަތް ކުރާ 50 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސިފައިންނާއި ފުލުހުންގެ ތެރެއިން 50 މީހަކު ހައްޔަރުކޮށްފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ އެންމެން ވަގުތުން މިނިވަން ކުރުމަށް ގޮވާލަފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ހައްޔަރު ކޮށްފައިވާ ބައެއް މީހުން ތިބީ ސިފައިންނާއި ފުލުހުންގެ މަރުކަޒުތަކުގައި އެހެން މީހުންނާއި ވާހަކަ ނުދެއްކޭ ގޮތަށް ބަންދުކޮށްފައި ކަމަށެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕާއި އިންޓެލިޖެންސްގައި މަސައްކަތް ކުރާ ބައެއް ސިފައިން ހައްޔަރުކޮށްފައި ވާއިރު ފުލުހުންގެ އެސްއޯގައި މަސައްކަތް ކުރާ ބައެއް މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.