Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ވެމްކޯގެ ބިލް ދައްކަން އައްޑޫގައި އިތުރު ލުޔެއް

އައްޑޫގައި ކުނި ނެގުމުގެ ހިދުމަތް ދޭ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކަސްޓަމަރުންނަށް ކުނި ބިލް ދެއްކޭނެ ފަސޭހަ އިތުރު ގޮތެއް ހަމަޖައްސައިފި އެވެ.

އެ ކުންފުނީގެ ބިލަށް އޮންލައިންކޮށް ބިލް ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ އިރު، އައްޑޫގެ ބައެއް ފިހާރަތަކުން ވެމްކޯގެ ބިލްތަކަށް ފައިސާ ދެއްކޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތުން ހުޅުދޫގެ ފިނި މޮބައިލްސް އާއި މީދޫގެ ހައި އެނަޖީ ޕްރައިވެޓް ލިމިޓެޑާއި މަރަދޫ އެވަ މޯލްޑިވްސް ފިހާރަ މެދުވެރިކޮށް ބިލް ދެއްކޭނެ އެވެ.

މިއީ އާންމުކޮށް ހިތަދޫގައި ހުންނަ ވެމްކޯގެ އައްޑޫ އޮފީހަށް ގޮސް ބިލް ދައްކާ، އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުންނަށް ލިބިގެން ދިޔަ އިތުރު ފަސޭހައެކެވެ.

ފޭދު އާއި މަރަދޫފޭދޫ އަދި މަރަދޫ ކަސްޓަމަރުންނަށް މިހާރު ހިތަދު އަށް ނުގޮސް މި ލުއިކަމާ އެކު ބިލް ދެއްކޭނެ ފުރުސަތު ހުޅުވިގެން ދިޔައީ ކަމަށް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން އައްޑޫގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތް ދެނީ މަހަކު 100ރ. އަށެވެ.