Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

ފުލުހުންގެ ވަޒީފާ އަށް މީހުން ހޯދަނީ

23 ފެބްރުއަރީ 2017ގައި އިދިކޮޅު ފަރާތްތަކުން ހިތަދޫގައި ބޭއްވި އެއްވުން. މިއެއްވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައި . އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

ފުލުހުންގެ ވަޒީފާއަށް މީހުން ހޯދަން އަނެއްކާ ވެސް އިއްލާންކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން އިއްޔެ ނެރުނު އިއްލާނެއްގައި ބުނެފައިވަނީ ޕޮލިސް ކޮންސްޓަބަލްގެ މަގާމަށާއި ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަންނަ މާޗް 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް އެއިއްލާންގައި ބުނެފައިއެވެ.

ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ މުސާރައިގެ ގޮތުގައި 8531 ރުފިޔާ ވަނީ ކަނޑައަޅާފައިވާ އިރު ޕޮލިސް ކޮންސްޓަބްލް އަށް ހުށަހަޅާފައިވަނީ 4650 ރުފިޔާއެވެ. މީގެ އިތުރުން ވަޒީފާއަށް ރެކްރޫޓް ކުރެވޭ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވުމުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ އާއި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 40 އިންސައްތަ އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލާފައިވާ އިރު މި މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ އަސާސީ އެލަވަންސް ވަނީ ބޮޑުކޮށްފައެވެެ.