ނެޝަނަލް އިންޓަގްރެޓީ ކަމިޝަން (އެންއައިސީ)ގެ މެމްބަރުކަމަށް ކުރީގެ އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް މަޖްލިސްއިން ރުހުންދީފިއެވެ.
ރައްޔިތުންގެ މަޖްލިސްގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާގައި ސުލައިމާނަށް ރުހުން ދިނުމަށް 32 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ސުލައިމާނަށް މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމެޓީން ދިރާސާ ކުރެއްވުމަށްފަހު ސުލައިމާނަށްދެއްވާފައިވަނީ ކިރިޔާ ފާސްވާ ވަރަށް މާކްސްއެވެ.
ސުލައިމާންގެ ނަން ފާސް ކުރެއްވި އިރު އެންއައިސީގެ މެމްބަރުކަމަށް ޖުމްލަ 7 ބޭފަކު ކުރިމަތި ލެއްވިއެވެ. ނަމަވެސް ރައީސް މަޖްލިސްއަށް ފޮނުއްވީ ސުލައިމާންގެ ނަން އެކަންޏެވެ.