Last Updated: April 30, 14:02
Wednesday, April 30, 2025
ޚަބަރު

ގަން އެއާޕޯޓަށް އެޗްއާރް މެނޭޖަރަކު ހޯދަނީ

ގަން އިންޓަނެޝަނަލް އެއާޕޯޓަށް އެޗްއާރް/އެޑްމިނިސްޓްރޭޝަން މެނޭޖަރަކު ހޯދަން އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ މަގާމަށް ޝައުގުވެރިވާ އަދި ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ބެޗްލާޒް ޑިގްރީއެއް އޮތުން ހިމެނެ އެވެ.

އޭއައިއޭ އިން ބުނީ އެޗްއާރް މެނޭޖަރުގެ މުސާރަ ކަނޑައަޅާނީ ކޮލިފިކޭޝަނާއި ތަޖުރިބާ އަށް ބަލައިފައި ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 6898515 އިން ހޯދޭނެ އެވެ.