Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ނަރުސް ކޯހަކަށް ފުރުސަތު ހުޅުވާލައިފި

ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުން ކުރިއަށް ގެންދަން ނިންމާފައިވާ އެޑްވާންސް ސެޓްފިކެޓް އިން ނާސިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގައުމީ ޔުނިވަސިޓީން ބުނީ ކޯހަށް އެދޭ ފޯމް އަންނަ މަހުގެ 4 އިން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަަމަށެވެ. ކޯހަށް އެދޭ ފޯމް ޔުނިވަސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 25 މީހަކަށެވެ. ކޯހުގައި ބައިވެރިވެވޭނީ އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވާ މީހުންނަށް ޔުނިވަސިޓީން ބުންޏެވެ.