އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާ ނުކުރެވޭކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ އަދި ވިލުފުށީ ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިންޓަގްރެޓީ ކަމިޝަން (އެންއައިސީ)ގެ މެމްބަރުކަމަށް ކުރީގެ އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ސުލައިމާން އައްޔަން ކުރުމަށް މަޖްލިސްއިން ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ، އޭސީސީގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާ ކުރެވޭ ނަަމަ ރައީސް ރިޔާސީ ކަމިޝަނެއް ހައްދަވައި އޭސީސީން ބަލަން ޖެހޭ މައްސަލަތައް ތަހްގީގު ކުރަން ނުޖެހޭނެކަމަށެވެ.
"އޭސީސީގެ މަސްއޫލިއްޔަތުތައް އަދާކުރާނަމަކަ މިއަދު ރިޔާސީ ކޮމިޝަނެއް އުފައްދައިގެން އެމައްސަކަތް ސަރުކާރުން ރައީސުލްޖުމުހޫރިއްޔާ ކުރައްވާކަށް ނުޖެހޭނެ. އަދި ހަމަ އެހެންކޮމިޝަންތަކަށްވެސް ހަވާލުވެފައިވާ މަސްއޫލިއްޔަތުތައް އެބޭފުޅުން އެންމެފުރިހަމައަށް އަދާކުރާނަމަކަ މިކަންކަން ކުރާކަށެއް ނުޖެހޭނެ." ރިޔާޒު ރަޝީދު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މިނިވަން މުއައްސަސާތަކުން އަމަލުކުރަންޖެހޭނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ހެދިފައިވާ ޤަވައިދުތަކާއި އެއްގޮތައް ކަމަށެވެ. ނަމަވެސް ބައެއް މުއައްސަސާތަކުން ކަންކަން ނުކުރުމުގެ ސަބަބުން ރައީސުލް ޖުމުހޫރިއްޔާއަށް ބައެއް ކަންކަން ކުރައްވަންޖެހިވަޑައިގަންނަވާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.