Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ބެރިކޭޑުން ޖެހުނު އަންހެނަކާ، ފުލުހަކު ހުތުރު ބަހުން މުއާމަލަތް ކުރި: ރިޕޯޓް

ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ބައިވެރިއެއްގެ ފައިގައި ބެރިކޭޑަކުން ޖެހުނު ވަގުތު އެ އަންހެން މީހާ އާއި ހަޑިހުތުރު ބަހުން މުއާމަލާތް ކުރިކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރްސީއެމްގެ ފަރާތުން މިގޮތަށް ހާމަކޮށްފައި ވަނީ މާލޭގައި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކުރި މުޒާހަރާ އޮބްޒާވް ކުރުމަށް އެ ކޮމިޝަނުގެ ފަރާތުން ގޮސް ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ނެރުނު ރިޕޯޓްގައެވެ.

އެރިޕޯޓްގައި ބުނެފައިވާ ގޮތުގައި، "އެލް މޯބައިލް ފިހާރަ ކައިރީގައި ބެރިކޭޑް ބެހެއްޓުމގެ ތެރޭގައި އެ ވަގުތު އެތަނުގައި ހުރި އަންހެނެއްގެ ފައިމަތީގައި ބެރިކޭޑުން ޖެހުނު ކަމާއި، އެ ވަގުތު ފުލުސް މީހާ އަންހެން މީހާއާ ހަޑިހުތުރު ބަހުން މުއާމަލާތްކުރިކަން" ވަނީ ފާހަގަކުރެވިފައެވެ.

މީގެ އިތުރުން މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހުތުރު ބަހުން މުއާމަލާތް ކުރި ކަމަށް ވެސް އެޗްއާރްސީއެމްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.