Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޝެއިހް އަނީލްގެ ދަރުހެއް މާދަމާ ރޭ ފޭދޫގައި

ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް ޝެއިހް މުހައްމަދު އަނީލް ދެއްވާ ވަރަށް ހާއްސަ ތަގުރީރެއް މާދަމާ ރޭ ފޭދޫގައި ބާއްވަން ނިންމައިފި އެވެ.

އެ ޖަމިއްޔާ އިން ބުނީ "ނަމޫނާ އާއިލާ" ގެ ނަމުގައި ބާއްވާ ދަރުސް ކުރިއަށް ދާނީ ފޭދޫ ބަނދަރުމަތީގައި ރޭގަނޑު 8:30 ގައި ކަމަށެވެ.

އެހެންވެ މި ދަރުހުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް، ނޫރުލް އިސްލާމް ޖަމިއްޔާ އިން ބުންޏެވެ.

އެ ޖަމިއްޔާއަކީ އިސްލާމް ދީން ބެހޭ ތަފާތު ވަރަށް ގިނަ ޕްރޮގްރާމްތައް ހިންގަމުން އަންނަ އައްޑޫގެ އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާކަން ފާހަގަކޮށްލެވެ އެވެ. އަދި ޝެއިހް އަނީލްއަކީއަކީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޒުވާން ޝެއިހެކެވެ.