Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އެންއައިސީގެ ރައީސަކަށް ސުލައިމާން އައްޔަންކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އަދި ރައީސް ކަމަށް އަހްމަދު ސުލައިމާނު އައްޔަންކޮށްފި އެވެ.

ސުލައިމާން އެންއައިސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ބޭއްވި ވޯޓްގައި އޭނާ އަށް ވަނީ32 މެންބަރުންގެ ރުހުން ލިބިފައެވެ.

އެންއައިސީގެ މެންބަރު ކަމުގެ ފަތްކޮޅު ސުލައިމާނަށް އެރުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.

ސުލައިމާނަކީ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

ސުލައިމާން އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

ސުލައިމާން އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށާއި ރައީސް ކަމަށް އައްޔަން ކުރައްވާފައިވަނީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު އެ ކޮމިޝަންގެ ރައީސް ކަމުންނާއި މެންބަރު ކަމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަކި ކުރުމަށްފަހުއެވެ.