Last Updated: June 14, 23:23
Sunday, June 14, 2026
ޚަބަރު

ނަވާޒުގެ ޝުކުރު ފުލުހުންނަށް!

ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ޝުކުރު އަދާކޮށްފިއެވެ.

ނަވާޒު ފުލުހުންނަށް ޝުކުރު އަދާކޮށްފައިވަނީ އިއްޔެ އިސްކަންދަރު ބިލްޑިންގގައި ފުލުހުންގެ އިސްވެރިންނާއި، ފުލުހުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުގައި ނަވާޒު ވަނީ ފުލުހުންނަށް ދޭ އިނާޔަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންނާ ފުލުހުންގެ އާއިލާތަކަށް ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ނަވާޒު ވަނީ ވިދާޅުވެފައެވެ.

ނަވާޒު ފުލުހުންނާއި އެކު ބައްދަލު ކުރެއްވި އިރު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފުލުހުންގެ އަސާސީ އެލަވަންސް ވަނީ ބޮޑު ކޮށްފައެވެ.