ރައްޔިތުން މަޖިލީހުގެ ކެންދޫ ދައިރާގެ މެންބަރު އަލީ ޙުސައިން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
އަލީ ޙުސައިން ވަނީ ސުޕްރީމް ކޯޓުން ފޮނުވި އަމުރު ގެ އެޓޭޗްމެންޓް އަކާއެކު ދާދިދެންމެއަކު ޓްވީޓް ކޮށްފަ އެވެ.
SC ge beynumah e courtah haaziru vumuge amuru libijje. pic.twitter.com/AKafSSQau9
— Ali Hussain (@AleeVoice) March 1, 2018
ސުޕްރީމް ކޯޓުން އަލީ ޙުސައިން އަށް ފޮނުވި އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ބޭނުމަކަށް އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:30 އަށް އެ ކޯޓަށް އޭނާ ހާޒިރުވާން އަންގާ ކަމަށެވެ.
އަމުރުގައި އަލީ ޙުސައިން ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ.
ފަހަކަށް އައިސް އެކި ފަހަރު މަތިން އަލީ ޙުސައިން ފުލުހަށް ވެސް ހާޒިރުކޮށްފައި ވާކަން ފާހަފަކޮށްލެވެ އެވެ.