ސަސްޕެންޑްކޮށްފައިވާ ކުރީގެ ރައީސް މައުމޫންގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ސުޕުރީމް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.
ޝަމީމަށް ފޮނުވި ސުޕްރީމް ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ބޭނުމަކަށް އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:30 އަށް އެ ކޯޓަށް އޭނާ ހާޒިރުވާން އަންގާ ކަމަށެވެ.
ޝަމީމްއަށް މިފަދަ އަމުރެއް ސުޕުރީމް ކޯޓުން ފޮނުވިއިރު އާދީއްތަ ދުވަހުގެ ހަމަ އެގަޑިއަށް ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިންވެސް ސުޕުރީމް ކޯޓަށް ހާޒިރުވުމަށް ވަނީ އަމުރުކޮށްފައެވެ.
ޝަމީމް ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ސަސްޕެންޑްކޮށްފައިވާ އިރު ކުރީގެ ރައީސް މައުމޫނާއި ގުޅޭ ހެއްކާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ފުލުހުން ދަނީ ޖިނާއީ ތަހްގީގެއް ކުރަމުންނެވެ.