Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ކަޅުބިލަ މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށަށް

ކަނޑު މަހުގެ އަގު ވަނީ ނޮވެމްބަރު މަހު ތިރިވެފައި-

ރާއްޖޭގައި އެންމެ އާންމުކޮށް ބާނާ ކަޅުބިލަ މަހުގެ އަގު، ދުނިޔާގެ ބާޒާރުގައި %6 ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން އާންމުކުރި ރިޕޯޓުތައް ދައްކާ ގޮތުގައި ތައިލޭންޑާއި ޖަޕާނުގެ ބާޒާރުތަކުގައި ވަނީ ކަޅުބިލަ މަހާއި ކަންނެލި މަހުގެ އަގު ދަށްވެފައެވެ. ތައިލޭންޑުގައި ކަޅުބިލަ މަސް ޓަނުގެ އަގު ވަނީ 6.8 ޕަސެންޓު ދަށްވެފައެވެ. މިދިޔަ މަހު 23،901ރ. އަށް ކަޅުބިލަ މަސް ޓަނެއް ހުރިއިރު މިމަހު އެ އަދަދު ވަނީ 22،359ރ. އަށް ވެއްޓިފައެވެ. ތައިލެންޑަކީ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ކަނޑުމަސް ބޭރު ކުރާ ގައުމެވެ.

މީގެ އިތުރުން ޖަޕާނުގެ ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއް ވަނީ 377.15ރ. އިން 320.27ރ. އަށް ތިރިވެފައެވެ. މިދިޔަ މަހަކީ ރާއްޖެއިން އެކްސްޕޯޓު ކޮށްގެން ލިބުނު އާމްދަނީ އިތުރުވި މަހެއްކަން ފާހަގަކޮށްލެވެއެވެ.