Last Updated: May 3, 20:26
Friday, May 3, 2024
ޚަބަރު

މެމްބަރު ލަތީފް ހައްޔަރުކޮށްފި

މެމްބަރު އަބްދުއްލަތީފް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު ހައްޔަރުކޮށްފިއެވެ.

ލަތީފް ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގައި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިންނެވެ.

އީސަރުކާރާ ދެކޮޅު މި އެއްވުމުގައި ދަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒްކުރުމަށް ގޮވާލަމުންނެވެ.

އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤަށް ހުރަސް ނޭޅުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.

އެކަމަކު މުޒާހަރާ ކުރިއަށްގެންދާ ހުރިހާ ސަރަހައްދެއްގައި ވެސް އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

މުޒާހަރާ ކުޜަ ހުރިހާ ސަރަހައްދެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން އާންމުންނާ އެކު ބައިވެރިވާކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން މަޖިލިސް މެމްބަރުން ދަނީ އަދި ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތަކަށް ފުލުހުން އަރައިނުގަތުމަށާއި، ޣައިރު ޤާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް ވެސް ގޮވާލައްވަމުންނެވެ.