Last Updated: June 27, 20:02
Saturday, June 27, 2026
ރިޕޯޓް

ހަޤީޤީ "ގަޓް" މީހުން ފެންނާނީ މިހެން!

ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވަނީ މިއަދު މާލޭ ގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދާ އުމުރުން ދުވަސްވީ މީހެކެވެ.

ފޮޓޯ އިން ފެންނަ ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ އެ މީހާ، އަސާގަނޑެއްގެ އެހީގައި ހިނގާ އެ މީހާ ދިވެހި ދިދައެއް ހިފައިގެން ހުރެ އެ ޝުޢޫރު ފާޅުކުރަނީ އަނިޔާވެރިކަމާއި ބޭއިންސާފާއި ދެކޮޅަށެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި ޝެއާ ކުރި ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ އަނިޔާ އާއި ބޭއިންސާފާއި ދެކޮޅަށް އަޑު އުފުލަން ފަސް ޖެހޭ ފަރާތްތަކަށް އޮތް ވަރުގަދަ މެސެޖެއް ކަމަށެވެ.